Monday, September 28, 2015

މާޒީގެ ތެރެއިން މިނަން (ނާހިދާ)

ހަނދާން ތައް ދޮގު ނުވާނަމަ ނާހިދާ އަކީ އެއް ކިލާސް އެއްގަ ފަށާ ތައުލީމް ފަށައިގަން ބައިވެރިއެއް އަދި އެއީ އެއިރުގަ ވަރަށް ވެސް ގާތް އެކުވެރި އެކެވެ. ހަނދާނުން ނުފޮހެވޭނެ ނަމެކެވެ. އުޅެމުން އައީ ވަރަށްވެސް ގާތް ކޮށެވެ. އެއީ އުމުރުގެ 6,7,8 މިދުވަސް ވަރެވެ، ނުވަތަ ގްރޭޑް 1,2,3 އެވެ. އުޅެމުން އައީ ހަތަރު ރަހްމަށްތެރިން އެއްކޮށެވެ. އެއީ އަޅުގަނޑުގެ ބައްޕަގެ ކޮއްކޮ މުފީދާ އަޅުގަނޑުގެ ބޮޑުދައިތަ ނުވަތަ ރަށުން ބަހުން ނަމަ ބައްޕެއްތާގެ ދަރި ތޮއްޔިބާ އެއްކޮށެވެ. އެދުވަސްވަރުގެ އަޅުގަނޑުގެ ބެސްޓް ފުރެންޑެވެ.  ދެން ރީނާ އަދި ނާހިދާ އެއްކޮށެވެ. ރަށުގެ އެހެން މީހުން ނޫޅޭހާ ގާތްކޮށް އުޅުމުގެ ނަތީޖާ އަކައްވީ މުޅި ރަށުގެ ތެރޭގަ އެންމެންވެސް ދައްކާ ވާހަކަ އަކައްވެއްޖެއެވެ.  

Sunday, September 27, 2015

ހަޔާތުން ދުވަހެއްގެ އިއްތިފާގެއް ނުވަތަ މާޒީގެ ސަފްހާތަކުން ނިޔާއެއް އަދުގަ

ދުވަހަކީ 26 ވީ ސެޕްޓެމްބަރ 2015 ހޮނިހިރު ދުވަހެވެ. އަހަރެން އިނީ ގޯތި ތެރޭގަ އިން އުދޯލީގައެވެ، ސްމާރޓް ފޯން އިން ބަލަމުން ގެންދިޔައީ ހިންދީ ފިލްމް ގަޔާމަތް އެވެ. ލަވަޔެއް އައީމަ އަޑުހަން އިނދެ ގޯތި ތެރެއައް ނަޒަރު ހިންގާލީމެވެ. ގޯތީގަ ޖަނބުރޯލް ގަސްދަށުގަ އިންނަ މި ޖޯލިގަ ދުވާލު ގިނަ ވަގުތު ތަކެއް މިހެން ވަޒީފާ އަކަށް ނުގޮސް ހުންނަ އިރު ހޭދަ ކޮއްލަން ވަަރަށްވެސް ހިއްގައިމެވެ. މަޑު މަޑު ވައިރޯޅި ޖެހެމުން ދިޔަ މެންދުރުގެ ބާރަ ގަޑީގަ މަޑުން މަޑުން ހެއްލަމުން ގެންދިޔަ ޖޯލީގަ އިން އަހަރެންގެ ގައިގަ ވައިރޯޅި  ބީހިލުމުން ގައިގަ ހީބިހި ނަގާލިއެވެ. އެ ހަމަހިމޭން ވަގުތު ކުއްލިޔަކަށް ބާރު އަޑެއްއިވިގެންދިޔައީ ޖެހިގެން އިސްމާއީލް ރަސީދު އޭނާ ގެ އަނބި ކަނބަލަންނަށް ގޮވާލި ބާރު އަޑެވެ. 
ނާހިދާ
ނާހިދާ
ނާހިދާ
ފޯން އިން ޕުލޭ ވަމުން ގެންދިޔައީ ފިލްމް ގެ ރީތިލަވަ "ވޮ ލަޅިކީ ބޮހަތް ޔާދު އާތީހޭ" އެވެ


 Kabhi mujhko hasaye
 Kabhi mujhko rulaye
 Mujhe kitna satati hai
 Kabhi mujhko hasaye
 Kabhi mujhko rulaye
 Mujhe kitna satati hai
 Woh ladki bahut yaad aati hai
 Woh ladki bahut yaad aati hai
 Woh ladki bahut yaad aati hai
 Woh ladki bahut yaad aati hai
 
 Mere sapno mein aaye
 Mere dil ko churaye
 Mujhe kitna satata hai
 Woh ladka bahut yaad aata hai
 Woh ladka bahut yaad aata hai
 Woh ladka bahut yaad aata hai
 Woh ladka bahut yaad aata hai
 
 Dekha use jab pehli baar 
 Ban gaya deewana na main
 Karke anjaana ikraar
 Legayi dil ka chain karaar
 Dekha use jab pehli baar 
 Ban gaya deewana na main
 Karke anjaana ikraar
 Legayi dil ka chain karaar
 Thodi si ghabrayi thi
 Thodi si sharmayi thi
 Kitna pyaara mukhda hai
 Woh to chand ka tukda hai
 Jane kahan chhup jati hai
 Woh ladki bahut yaad aati hai
 Woh ladki bahut yaad aati hai
 Woh ladki bahut yaad aati hai
 Woh ladki bahut yaad aati hai
 
 Main to uspe marti hoon
 Duniya se nahin darti hoon
 Naam se uske savarti hoon
 Pal pal aahein bharti hoon
 Main to uspe marti hoon
 Duniya se nahin darti hoon
 Naam se uske savarti hoon
 Pal pal aahein bharti hoon
 Maana ke majboori hai
 Chaahat abhi adhoori hai
 Bas kuch din ki doori hai
 Milna bahut zarori hai
 Kya kya dard jagata hai
 Woh ladka bahut yaad aata hai
 Woh ladka bahut yaad aata hai
 Woh ladka bahut yaad aata hai
 Woh ladka bahut yaad aata hai
 Kabhi mujhko hasaye
 Kabhi mujhko rulaye
 Mujhe kitna satati hai
 Mere sapno mein aaye
 Mere dil ko churaye
 Mujhe kitna satata hai
 Woh ladka bahut yaad aata hai
 Woh ladka bahut yaad aata hai
 Woh ladki bahut yaad aati hai
 Woh ladki bahut yaad aati hai

ކަންފަތަށް އިވެމުން ދިޔަ ލަވައިގެ އަޑުގެ މައްޗަށް އިވުނު ނަމުގެ ސަބަބުން ކުއްލިޔަކަށް ހިތް މާ ނޫން ގޮތަކައް ތެޅިލިއެވެ، ހަށިގަނޑުގެ ތެރެއިން ދައުރުވަމުން ދިޔަ ލޭ ހުނު ފިނިވިއެވެ، ހަށިގަނޑުގެ ކޮންޓުރޯލް މުޅިން ހިތުގެ ދަށަށް ގެނޭ ކަހަލައެވެ، މުޅިމީހާގެ ގައިގެ ތެރޭގަ އެނަން ދައުރުވާފަދައެވެ. ސިކުނޑި އަށް އެނަމާ ގުޅުން ހިުރި ހުރިހާ ހަނދާނެއަ ވަދެ ފުރާލިއެވެ.  އެވަގުތު ކުއްލިޔަކަށް ނަޒަރު ހުއްޓިގެން ދިޔައީ ފޯނައް އައި ނޯޓިފިކޭސަން އަކުން ފޯނުގެ ސްކުރީނަށެވެ. 

އާދެ ގަޑިން ބާރަ ގަޑި ސުންމިނެޓެވެ. ފޯނައް އެ އައީ މާދަމާ 27 ވަނަ ދުވަހު އުފަން ދުވަސް ފާހަގަ ކުރާ މީހާގެ ނަމެވެ. އަނެއްކާވެސް އެނަމެވެ. ނާހިދާ އެވެ. ހަނދާން ހުންނަ އުފަން ދުވަހެއް ވެސް ނޫނެވެ. އެކަމު ސްމާޓްް ދުނިޔޭގެ ސްމާޓް ފޯން ގެ ސްމާޓް ނޯޓިފިކޭސަން އަހަރެން އެނަމުގެ ތެރެއަށް އިތުރައް ގަންބުވާލިއެވެ.