Skip to main content

Posts

މާޒީގެ ތެރެއިން މިނަން (ނާހިދާ)

ހަނދާން ތައް ދޮގު ނުވާނަމަ ނާހިދާ އަކީ އެއް ކިލާސް އެއްގަ ފަށާ ތައުލީމް ފަށައިގަން ބައިވެރިއެއް އަދި އެއީ އެއިރުގަ ވަރަށް ވެސް ގާތް އެކުވެރި އެކެވެ. ހަނދާނުން ނުފޮހެވޭނެ ނަމެކެވެ. އުޅެމުން އައީ ވަރަށްވެސް ގާތް ކޮށެވެ. އެއީ އުމުރުގެ 6,7,8 މިދުވަސް ވަރެވެ، ނުވަތަ ގްރޭޑް 1,2,3 އެވެ. އުޅެމުން އައީ ހަތަރު ރަހްމަށްތެރިން އެއްކޮށެވެ. އެއީ އަޅުގަނޑުގެ ބައްޕަގެ ކޮއްކޮ މުފީދާ އަޅުގަނޑުގެ ބޮޑުދައިތަ ނުވަތަ ރަށުން ބަހުން ނަމަ ބައްޕެއްތާގެ ދަރި ތޮއްޔިބާ އެއްކޮށެވެ. އެދުވަސްވަރުގެ އަޅުގަނޑުގެ ބެސްޓް ފުރެންޑެވެ.  ދެން ރީނާ އަދި ނާހިދާ އެއްކޮށެވެ. ރަށުގެ އެހެން މީހުން ނޫޅޭހާ ގާތްކޮށް އުޅުމުގެ ނަތީޖާ އަކައްވީ މުޅި ރަށުގެ ތެރޭގަ އެންމެންވެސް ދައްކާ ވާހަކަ އަކައްވެއްޖެއެވެ.  

ހަޔާތުން ދުވަހެއްގެ އިއްތިފާގެއް ނުވަތަ މާޒީގެ ސަފްހާތަކުން ނިޔާއެއް އަދުގަ

ދުވަހަކީ 26 ވީ ސެޕްޓެމްބަރ 2015 ހޮނިހިރު ދުވަހެވެ. އަހަރެން އިނީ ގޯތި ތެރޭގަ އިން އުދޯލީގައެވެ، ސްމާރޓް ފޯން އިން ބަލަމުން ގެންދިޔައީ ހިންދީ ފިލްމް ގަޔާމަތް އެވެ. ލަވަޔެއް އައީމަ އަޑުހަން އިނދެ ގޯތި ތެރެއައް ނަޒަރު ހިންގާލީމެވެ. ގޯތީގަ ޖަނބުރޯލް ގަސްދަށުގަ އިންނަ މި ޖޯލިގަ ދުވާލު ގިނަ ވަގުތު ތަކެއް މިހެން ވަޒީފާ އަކަށް ނުގޮސް ހުންނަ އިރު ހޭދަ ކޮއްލަން ވަަރަށްވެސް ހިއްގައިމެވެ. މަޑު މަޑު ވައިރޯޅި ޖެހެމުން ދިޔަ މެންދުރުގެ ބާރަ ގަޑީގަ މަޑުން މަޑުން ހެއްލަމުން ގެންދިޔަ ޖޯލީގަ އިން އަހަރެންގެ ގައިގަ ވައިރޯޅި  ބީހިލުމުން ގައިގަ ހީބިހި ނަގާލިއެވެ. އެ ހަމަހިމޭން ވަގުތު ކުއްލިޔަކަށް ބާރު އަޑެއްއިވިގެންދިޔައީ ޖެހިގެން އިސްމާއީލް ރަސީދު އޭނާ ގެ އަނބި ކަނބަލަންނަށް ގޮވާލި ބާރު އަޑެވެ.  ނާހިދާ ނާހިދާ ނާހިދާ ފޯން އިން ޕުލޭ ވަމުން ގެންދިޔައީ ފިލްމް ގެ ރީތިލަވަ "ވޮ ލަޅިކީ ބޮހަތް ޔާދު އާތީހޭ" އެވެ  Kabhi mujhko hasaye Kabhi mujhko rulaye Mujhe kitna satati hai Kabhi mujhko hasaye Kabhi mujhko rulaye Mujhe kitna satati hai Woh ladki bahut yaad aati hai Woh ladki b...

Live Hajj 2015 _ Makkah

Dil Mein Dard Sa Jaga Hai Alka Yagnik, Udit Narayan