Skip to main content

ލިޔުން ފަރިތަ ކޮއްލުމެއް

 ވިއްސާރަ ވެހި ވެހިފަ ކުއްލިޔަކަށް އިރުގެ އަލިކަން ލިބުނު ދުވަހެކެވެ، ޖޫން ޖުލައިގެ ހުޅަނގުގެ މޫސުން ނިމުމަކަށް ގޮސް އޮގަސްޓް މަހަށް ހަނދުބަލާ މިއަދު އެމަހުން 8 ކެވެ، އާދައިގެން މަތިން ހެނދުނު ހެނދުނާ ފަށަން ޖެހޭ ވަޒީފާ އެއްގަ އުޅޭތީ 6 ޖެހި އިރަށް ތެދުވެ ރެޑީވެގެން ކެފެޓީރިޔާ އާ ދިމާލަށް ނާސްތާ ނަގަން ހިނގައި ގަތީމެވެ، މޫސުމީ އުނދަގޫ ފަސޭހަ ވުމުގެ ސަބަބުން ހިނިތުންވެލާ ކުދިންނެއްވެސް މަދެންނޫނެވެ، ފެންނަހާ މީހަކަށް ބާއްޖަވެރި ހެނދުނަކަށް އެދެމުން ގޮސް ކެންޓީން ވަދެ ސައި ބުއީމެވެ، ނިމިގެން އާދަކާދައިގެ ތެރެއިން ސިގިރޭޓް ރޯކޮއްލީމެވެ، އަގު ބޮޑު އެއަޗެކެވެ، ހައްޓައް ނުރައްކާ ވަބާއެކެވެ، ބަލާއެކެވެ، ދެވި ހިފާ އެއްޗެކެވެ، ކުރަން ހެޔް ނުވާވަރުގެ ކަމަކަށް ވިޔަސް އެބަ ކުރެވެއެވެ، ހުއްޓާލަން ވެސް ހިތަކަށް ނާރުވަމެވެ،

އަހަރެން ކުރާނެ މާބޮޑު ހަރަދު ތަކެއް ނުހުރެ އެވެ، ޅަ ނޫނަސް އަންބަކު ދަރިއަކު ނުހުރެ އެވެ، އެހެން ކަމުން ސަމާލް ކަމެއް ނުދީ ކުރެވޭ ގޯހެކެވެ، ނަމަވެސް އަޅުގަނޑަކީ ގޯސް މީހެއް ނޫނެވެ، ހަޔާތުގެ ދުވަސް ތައް އެކަނި ގުނަމުން ގެންދާ 33 އަހަރުގެ ފިރިހެނަކީމެވެ، ހަޔާތުގަ ކައިވެނި އެއް އަދި ނުކުރެވުނު ކަމުގަ ވީ ނަމަވެސް، އެކަމަކީ ކުރަން ޖެހޭ ކަމެއް ކަމުން އަޅުގަނޑު އަބުދުއްލާހި ވެސް ވަރަށް މަސައްކަތް ކުރީމެވެ، ބޮޑު ތަނުން ފަޅައިގެން ދިޔައީ ހިތެވެ، އަހަރެންގެ ދުނިޔެ މައްޗަށް އައި އަނދިރިވެރިކަމުން ގަޔާވީ އެކަނިވެރިކަމެވެ، ވަށައިގެން އަހަރެން އެކި އެކި ކުލަ ކުލައިން ބިނާ ކުރަމުން ދިޔަ ހުރިހާ އެއަޗެއް ހަޔާތަށް އައި ބަނަ މޫސުން ތަޅާ ސުންނާފަތިކޮއް ވެއްޔާ މޮޑެވި ގޮސް ގެއްލުނީ ތާ އަބަދުގެ އަބަދަށެވެ، ދަންނަ ދެކޭ، އަދި އާއިލާ މީހުން ކުރިމަތީގަ އަހަރެންގެ ނަފޮސު ގަ ޖެހެވުނީ ލަތްގަނޑެކެވެ، މިަފަދަ ފިކުރުގަ އިނދެ ވިސްނާނުލާ ހައެއްކަ ސިގިރޭޓް ބޯލެވިއްޖެއެވެ، އަވަހަށް އޮފީސް އައްދާން ހިގައި ގަތީމެވެ،
އަމިއްލަ ނަފުސު މިހެން ފޮރުވައިގެން ކިހާ ދުވަހަކު އުޅެވިދާނެ އޭ ބާއޭ؟ ހިތާ ހިތާ ކިޔާލެވުނެވެ، ހަޔާތުގެ ދަތި ކަމުން މިންޖުވާން ރާއްޖޭގެ އެންމެ އުތުރަށް އައިސް އުޅޭތާވެސް 8 އަހަރު ވީއެވެ، މޮޅު ކަމަކީ އިއްޔެ މެންދުރު ވީކަމެއްހެން އަދިވެސް މަގޭ މޭގެތެރޭ ވާ ކުޑަ ކުޑަ ހިތަޢް ކުލަ ކުރުވައެވެ، ބަޔެއް ފަހަރަށް މިވެސް ކުރެވުނު މޮޔަ ކަމެކޭވެސް ހިތަށް އަރައެވެ، އެއްވެސް އިންސާނަކައް އޭނާގެ އަމިއްލަ ނަފުސައް ފިލޭނެ ތޯއެވެ، ފިރިހެނެއް ކަމަކު ވަރަށް ކަރުނަ އަޅާ ރުއީމެވެ، ނަފޮސު ދެކެ އިންތިހާ ނަފުރަތު ކުރީމެވެ، މަރާލަންވެސް ބޭނުންވިއެވެ، އެކަމަކު ކީއްތޯއޭ ކުރާނީ، ދީން އެކަމަކައް އިޖާބަ ނުދޭ، އަދި އައީ އެކަނި ކަމުގެ ވިޔަސް އައީ އަމިއްލަ އަކައް ނޫނެވެ. މައިން ބަފައިން ދުނިޔޭގަ އެބަ ތިއްބެވެ،.އޮފީހައްވަދެ ގޮނޑީގަ އިއްތާލީމެވެ،
މޭޒްމަތީގަ އަދުގަ ކުރަން ހުރި ހުރިހާ މަސައްކަތެއް ފުނި ޖެހިފަ ހުއްޓެވެ، ރިސޯޓްގަ ފަތުރުވެރިން މަދު ކަމުގަ ވީނަމަވެސް ރާއްޖޭގެ މޫސުމީ ހުޅަނގުގެ ވިއްސާރަ ނިމޭ ދުވަސްވަރަކީ މީލާދީ އަހަރު ނިމެންދާ ކޮޅައް އަންނަ ފަތުރުވެރިންގެ ކަންތަށް  އަބަދުވެސް ގިނައެވެ، އެހެން ވުމާ އެކު އަހަރެން ވަޒީފާ ގެ ގޮތުން ކުރަން ޖެހޭ ކުރަންޖެހޭލެއް މަސައްކަތް ގިނައެވެ، ނަފްސު ކޮއްމެ ހާލެއްގާ ނަމަވެސް ކުރަންޖެހޭ ހުރިހާ ކަމެއް ބަރާބަރަށް ކުރަމެވެ، ތަނުގަ މީހުންނަށް ކަމުދާ މީހެއް ހެން އުޅެވޭތޯ ކުރާ މަސައްކަތް ވަރަށް ވެސް ކާމިޔާބެވެ، އަހަންނަށް ގޮވާ ނުލާ ވާހަކަ ނުދައްކާ މީހަކު ނޫޅެޔޭ ބުނުން ވެސަ ދޮގަކަށް ނުވާނެއެވެ، ނަމަވެސް އެ އެންމެންނައްވެސް ނޭންގޭ ހަގީގަތް ތަކެއް މަގޭ ވެއެވެ،
މަސައްކަތާ ވެގެން ކުރިޔަށް ދިޔައީމެވެ. ފަހަރަކު ކަމެއް ނިންމަމުން ގޮސް މެންދުރުވެއްޖެއެވެ. ގަޑިން ދޭއް ޖަހަނީއެވެ، ކާން އޮންނަ ގަޑި ކުޑަތަން ވީއެވެ، ބާރު ހިނގުމެއްގަ ގޮސް މިސްކިތަށް އަރާ ނަމާދު ކޮއްލައިގެން ކޮޓަރިއައް ގޮސް ދުފާލައިގެން ސިގިރޭޓް އެއް ބޯން ޖޯލީގަ އޮތީމެވެ، ޖޯލި ފައްޗަށް އައިސް ގޮސްވާ ހުރިހާ އެންމެންނާ ހިނިތުން ވެލާ ވާހަކަ ދެއްކީމެވެ، އާދަވެމެ ކަން އަބަދުވެސް ހިނގާ ގޮތެވެ، އަހަރެން ނަފުސުގެ އެތެރެ މަރުވެފަ ވީ ކަމުގައި ވިޔަސް ބޭރުފުށުން އެކަން އެެކުގާ މަސައްކަތް ކުރާ އެއްވެސް މީހަކަށް ނުދައްކަމެވެ، ނުވިތާކަށް އެއްވެސް މީހެއް ކައިރީގަ އަހަރެން އިސްވެ އެމީހެއްގެ ހަޔާތުގެ ވާހަކަ ނާހަމެވެ، އެނގެން ބޭނުންނުވާތީ އެއްނޫނެވެ، ސަބަބަކީ އަހަރެން ހަޔާތުގެ ވާހަކަވެސް އެއްވެސް މީހަކު އަހަރެން ގާތު އަހަން ބޭނުން ނުވާތީ، ނަމަވެސް ބައެއް ފަހަރަށް އެ ސުވާލާ ކުރިމަތިލާން ޖެހެއެވެ. ބަޔެއް މީހުން ވަރަށްގާތެވެ، އެކުގާ މަސައްކަތް ކުރާތަން އެތަށް އަހަރެެއް ވީއެވެ، އަހަރެން އަބަދުވެސް އެ ސުވާލުތަކަށް ތެދަށް ޖަވާބު ދެމެވެ، ކުރު ކޮށެވެ. މީހަކާ ނުއިންނަން، މައިން ބަފައިން ދުނިޔޭގަ އެބަތިބި، މި ވަރަށެވެ. ސުވާލަށް ކުރު ޖަވާބު ދެމުން މައުޝޫ ބަދަލުކުރަމުންނެވެ. ނުވަތަ އޮންކޯލް ގަ ހުންނަން ޖެހޭ ވަޒީފާ އެއް ވީމަ ދާން ޖެހޭ ކަމަށް ބުނަމުންނެވެ. ވަޒީފާގަ އުޅޭ ރިސޯޓް އާ ގާތުގަ 4 ރަށް މީހުން ދިރި އުޅޭ އޮވެއެވެ. އަންނާށޭ ކިޔާ ދައުވަތުވެސް ލިބެއެވެ. ނަމަވެސް އެއްވެސް ގުޅުމެއް އެއްވެސް ސިފައެއްގަ ދެމެހެއްޓެނިވި ގޮތަކަށް ބާއްވަން ބޭނުން ނުވާތީ ނުދަމެވެ. ބައެއް ކުދިންނަށް މި ވާހަކަވެސް ބުނެދެމެވެ. ތިޔައިގެން އެއްވެސް ކުއްޖަކީ ރައްޓެހިން ނޫންކަމަށާ, ހިތި ހެޔޮކަމެއް ވަޒީފާގަ އެކުެގާ އުޅޭހާ ދުވަހަކު ކުރާނެ ކަމަށެވެ. ނުވިތާކަށް އެކަން އައީ ވަރަށް ރަނގަޅައް ކުރަމުންނެވެ، ހިނިތުންވަމުން އެންމެންނާ ވާހަކަ ދައްކަމުން އެދުނުހާ ކަމެއް ވީ ވަރަކުން ކޮއް ދެމުން ނުވަތަ ފަހި ކޮއްދެމުންއައީމެވެ، ވަޒީފާ ގެ ގޮތުން މާލީ ތަނަވަސްކަން ބޮޑު ނޫން ނަމަވެސް ބަޔެއް މީހުންނަށް ކުޑަ ނަމަވެސް ފައިސާ ކޮޅު ކޮޅު ވަނީ ދެވިފައެވެ، އެހެން މީހުން ކުރަން ޖެހޭ ހަރަދު ކުރަން ޖެހޭ އާއިލީ ޒިންމާގެ ހަރަދު ކުރަން ނުޖެހޭ މީހަކަށް ވީމަ، އަހަރެންގެ ހަރަދުތައް ކޮއްފަ ބާކީވެއެވެ. ދެން ޒަމާނީ ބަދަލުތަކާ އެކީ  އައިމަސްނޫއީ ތަކެތި އަށް އެހާ ދޯހަޅި ނޫންވީމައެވެ، ހަތަރު އަގޮޅި ކަންމަތީ ދާނެ މިސްރާބެއް ނޭންގި ހުންނަ މީހާ ގެ ވަކި ހުންނާނީ ކޮން އެދުމެއް ބޭނުން ތަކެއް ހެއްޔެވެ?  އަހަރެން އަތުގަ ހުރީ ޒަމާނާ ގުޅޭ ޒަމާނީ ހައެއްކަ އަންނައުނާ ބާ ފޯނެކެވެ. ކާންވަދެ ކައިލައިގެން މަޑު ހިގުމެއްގަ އޮފީހައް ގޮސް، މަސައްކަތް ތަކާ ކުރިޔަށް ދިޔައީ އަސުރުވަންދެނެވެ. 1535ގަ ބަންގި ދިން އިރަށް މިސްތަށް މިސްރާބު ބެހެއްޓީމެވެ. ނަމާދުކޮއްލައިގެން ހަވީރު ސައި ގަޑީގަ ކޮފީ އެއް ބޯލަން ކޮޓަރިއަށް ދިޔައީ، އެ ހުރިހާ އިންތިޒާމް އެއްވެސް ކުންފުނީ ފަރާތުން ހަމަޖައްސާފަ ހުންނާތީއެވެ، ކޮފީ އެއް ގިރާލައިގެން ބެލްކަނި އަށް ނިކުތީ ސިގިރޭޓެއް ރޯކޮއްލައިގެންނެވެ، ގައިގަ އަށަގެންފަ ހުރި ދެ ނުބައި އާދައެވެ، ވަރަށް ވުރެ ގިނައިން ކޮފީ ބޯކަށް ނުވާނެ، ހިލާ ސިގިރޭޓް އަކުން ވާނެ ހަމަ އެއްވެސް ފައިދާއެއް ނެތް.
އާދަވެ ސިކުނޑިޔާ ހިތް މީހާ ގެންގޮސް ގަރަގު ކުރުވީ އެވާހަކަ އަށެވެ. ބަޔެއް ފަހަރަށް އެކަނި މިހެން އިންނަން ބޭނުންނުވާ ސަބަބަކީވެސް އެއީ އެވެ. އެނޫން ގޮތެއްވެސް ނެތެވެ. މީހުން ތެރޭގަ ސިކުނޑީގަ މި ވާހަކަ އެބުރެން ފަށައިފި ނަމަ ލަސް ތަކެއް ނުވެ ސިއްރުކުރަން މި އުޅޭ ނަފުސު ގެ އެ ބާބު ހުޅުވިދާނެއެވެ. ޒަހަމޮ ތަކާ އެކުގާ ފުެނޑު ފުނޑު ވީ ހިތުގެ ބައި ބައި ތަކުގެ ތެރޭގަ ފޮނި މީރުކަން ގެނުވި ހާސް ކަންތަށް ވޭ، އެދަގުލަކަސް ދިރިހުންނަން އެބަ ޖެހެއެވެ. ވަރަށް ވުރެ ބޮޑަށް އެއޮޗެއްސައް މީހުންނަށް ހިތް ކިޔުމަކީ ކުރަން ނުވާވަރެގެ ކަމެކޭ އެންމެންވެސް ބުނެއެވެ. ނަމަވެސް އޭނާ ގެންދެވީ ހިތެވެ. ލޫޓް ވާލީ ދިރިއުޅުމެގެ ހަމަހިމޭން ކަމެވެ. ދިރިހުއްޓަސް ނެއފަދަ މީހަކަށް ވީ އަހަންނެވެ. އެހެންމީހުންނާ ތަފާތެވެ. އަހަރެން އޭނާ ހޯދަން ދާނެތަނެއް ވެސް ހޯދޭނެ ގޮތެއްވެސް ނެތެވެ. ތަނަވަސް ކަންވެސް ނެތީއެވެ. ދިރިއުޅުމުގެ ތަނަވަސްކަން ނުވަތަ ފެންވަރުގެ ފަރަގު ބޮޑު ނަމަވެސް ހިތް ދިނުން މަގޭ މި ކޭސް މި އޮތީ ގޯސްވެފައެވެ. އޭސިޔާގެ ގައުމަކަށް އެުފަން، މައިން ބަފައިންވެސް ދެގައުމެއްވެފަ، ދިރިއުޅުނީ އަދި އޭސިޔާގެ އެންމެ ތަރައްގީ ގައުމުގައޭނާ އުޅެ ބޮޑުވީ ވިލާތު އެކި ގައުމުތަކުގައެވެ، އެންމެ ގިނަ ދުވަހު ދިރިއުޅުނީ ސްވިޒަލޭންޑް ގައެވެ. އޭނާ އާ އޭނާގެ އާއިލާ ތަނަވަސްމެއެވެ. އަހަންނަށް މީގެން ގައުމެއްގަ ވިސާވެސް ޖެހެނީ ފޮރިން މިނިސަޓްރީ ނުވަތަ ލަންކާ އަށް ގޮސްގެނެވެ. ހަރަދު ހިނގާ ދަތި ކަމެކެވެ. އަނެއްކޮޅުން ދެތިން މަހެގެ މުސާރައަށް ނޫނީ އެއްކޮޅު ޓިކެޓް ނުލިބެއެވެ. އަހަންނާ އޭނާ އާ ބައްދަލުވީ ރަށްކައިރީ ރިސޯޓް ޑަބްލީޔު އިންނެވެ. އޭނާ ޕީ އެޗް ޑީ ނިންމާފަ މަސައްކަތުގެ ތަމްރީން ހޯދަން މި ރިސޯޓަށް ވަގުތީ ގޮތުން އައި އައުމެކެވެ. އަހަރެން އަތުގަ އޮންނަނީ ޑިޕްލޮމާ ގަނޑެކެވެ. އެހެނަސް ދާއިމީ ވަގުތީ ވިޔަސް އަހަރެން ދެމީހުން ވެސް އުފުލަން ޖެހެނީ އެއްމަސްއޫލިއްޔަތެއް، އަހަރެން އުޅެ ބޮޑުވީ މި ކަހަލަ ރަށެއްގަ ކަމުގަ ވީމަ ވަޒީފާ އެުޅެން ފަސޭހަ އެވެ. ގަވާއިދުން ބޭނުން ދުވަހެއްގަ ރަށަށް ދެވެ އެވެ. ވަޒީފާ އަށް އައިސް ގޮސް ވަރަށް ގިނަ މީހުން ދެއެވެ. މި ގޮތުން ރާއްޖެ އެކި ހިސާބުންނާއި ބޭރުގެ ގައުމުތަކުނެވެސް ރައްޓެހިންވެސް ލިބުނެވެ. އެކަމަކު މި ފަހަރު ތަފާތެވެ. މެންދުރު ޑިއުޓީ ގަ އިންދާ 1535ގަ ޖެހި ސީޕްލޭން އިން އެޗް އާރު އޮފިސިއަލް އާ އެކީ ފަރި ހިގުމެއްގަ ކުޑަ ސޯޓެއް ލައިގެން ހިނގާފަ ދިޔަ އިރު ފައި ކޮޅު ފެނުނު، ބެލުނީ ރީތި ކަމަކުންނޫނެވެ. އާމްކޮށް އެންމެންވެސް ވަޒީފާ އަންނަ އިރު އަންނައުނު ވައްޓަފާޅި މިންގަނޑެއްގަ ބަހައްޓައެވެ. މުޅިންވެސް ނިވާކަން ބޮޑު އޮފީސް އަށް ދާ ކަހަލައެއްޗެތި ތިރިއައްލާ އުޅެއެވެ. މިޔަދު އަލަށް މިކަހަލަ ގޮތަކަށް މުއައްޒިފަކު އައިތަން މި ދުށީ. އެހެންވެ އެ ދޮން އޮމާން ޗާލު ފައިކޮޅައް ބަލާލެވުނީއެވެ ރިސެޕްސަންގަ ޕޯނެއްގަ އިނީމަ މާރަނގަޅަކަށް މޫނެއް ނުދެކެމެވެ. 1730 ވީމަ ކާން ކެންޓީނަށް ދިޔަ އިރު އެޗް އާރު މީހަކާ އެކީ ކާން އޭނާ އިނެވެ. އަހަރެން ކާން ގޮސް ދެތިން ފަހަރު ބަލާލީމެވެ. ނަމަވެސް އިސްޖަހައިގެންކާން އިނީމަ މޫނު ފެންނަ ގޮތެއް ނުވިއެވެ. މަށަކީވެސް ލަދު އާމްކޮއް މީހުން ގަންނަ ވަރަށް ވުރެ ބޮޑައް ލަދު ގަންނަ މީހެއްވީމަ އަވަހަށް ކާލައިގެން ދިޔައީ އޮފީސް އަށެވެ.
މިހެން ހިޔާލު ތަކުގަ އިންދާ ގަޑި ދާގޮތެއްވެސް ނޭންގޭ، ހޭވެރިކަން ވީ މަގްރިބް ބަންގީ އަޑަށެވެ. އަވަހައް ފެން ވަރާލައިގެން ނަމާދު ކޮއްލައިގެން އަނެއްކާވެސް އެޮފީސް އަށް ދިޔައީ ފަތުރުވެރިޔަކު ކަމަކު ބޭނުންވެގެނެވެ. އެކަން ނިންމާފަ އައިސް ކާލައިގެން އޮފީސް ނިންމާލާފަ އާދެވުނު އިރު ގަޑިން 10 އެއްޖެޙީއެވެ. އަވަހައް ފެން ވަރާލައިގެން ނިދަން އޮށޯތީމެވެ

Comments

Popular posts from this blog

Coinbase

Hi - I've been using Coinbase which makes it really easy and safe to buy, sell, and store digital currency (like Bitcoin). Sign up now and get $10 of free Bitcoin when you buy or sell at least $100 of digital currency. Claim your invite now: https://www.coinbase.com/join/mahmoo_xi9?src=android-share Let me know if you need help, Abdul Ghanee Mahmood