Wednesday, September 7, 2011

އަހަރެން ޝަކުވާއެއް ނުކުރަމެވެ. އަހަރެން ދުވަހަކުވެސް ހިޔެއްނުކުރަމެވެ.


އަހަރެންނަށް ދުވަހަކުވެސް ކަލަ ގޮވަން ޖެހިދާނެކަމަށް އުންމީދެއްނުކުރަމެވެ.
އަހަރެންނަށް މިކަމަށް ތިބާ މަޖުބޫރުކޮށް ފާނޭކަމަށް ހިޔާލެއްވެސް ނުކުރަމެވެ.
އެކަމަކު ތިބާ އަހަރެންނަށް މަޖުބޫރު ކުރީތީ ބުނަން ޖެހުނީއެވެ.
އާނ އެކެވެ.
ހަމަ މަޖުބޫރު ކުރީތީއެވެ.
ތިބާ ބުނި އެއްވެސް ކަމެއް ނުކޮށްދެވި އެބޮތް ހެއްޔެވެ؟
ތިބާއަށްޓަކައި އަހަރެންގެ ކިތައް އުފާ ދެއަތުންނަގައި ފައިދަށުގައި ވަޅުލިންހެއްޔެވެ؟
ތިބާއަށްޓަކައި އަހަރެންގެ ވަގުތުގެ ކިތައް ކިތައް ގަޑިއިރު ހޭދަކޮށްލިން ހެއްޔެވެ؟
ތިބާއާއިއެކު ފައިވާޅުވަން ދެން ނުހިނގަންހެއްޔެވެ؟
ތީބާއަށްޓަކައި އަތްވާޅުވަންދެން އެހީތެރިވެނުދެން ހެއްޔެވެ؟
ތިބާގެ މުނިފޫހި ފިލުވައިދޭ މީހަކުކަމުގައި ނުވަމުހެއްޔެވެ؟
ތިބާގެ ބަނޑުހައި ހޫނުކަން ފިލުވައި ނުދެންހެއްޔެވެ؟
ތިބާއަށްޓަކައި ކިތައް ކިތައް ރޭގެ ނިދިން މަހުރޫމްވީން ހެއްޔެވެ؟
ތިބާއަށްޓަކައި އަހަރެންގެ ގައިން ކިތައް ދާ ތިކި ބޭރުވީހެއްޔެވެ؟
ތިބާއަށްޓަކައި އަހަރެން ނުކުރަން ކަނޑައަޅައިން ހުރި ކިތައްކަންތައް ކުރީމުހެއްޔެވެ؟
ތިބާގެ އެކަނިވެރިކަމުގެ ބައިވެރިއަކުކަމުގައި ނުވަމުހެއްޔެވެ؟
ތިބާގެ ހިތާމަތަކުގެ ހިއްސާދާރެއް ކަމުގައިނުވަމު ހެއްޔެވެ؟
ތިބާގެ ހިނިތުންވުމުގެ ބައިވެރިއަކު ކަމުގައި ނުވަމުހެއްޔެވެ؟
ތިބާގެ ލަފާދާރެއްކަމުގައި ނުވަމު ހެއްޔެވެ؟
ތިބާއަށްޓަކައި އަހަރެންނަށް ހުތުރު ކިތައްކަންތައް ރީތިމަކުގައި ހެދިންހެއްޔެވެ؟
ތިބާގެ ކިތައްފަހަރު ލަދުން ސަލާމަތްކޮށް ދިނިން ހެއްޔެވެ؟
ތިބާއަށް ކިތަށް ފަހަރު ހެޔޮނަސޭހަތް ހިތުގެ އަޑިން ދިނިންހެއްޔެވެ؟
ތިބާއަށް ޓަކައި ދެ ލޮލުން ކަރުނަ އަންނަ ހާލު ކިތައް ކިތައް ފަހަރު ހެޔޮހިތުން ދުޢާކުރިން ހެއްޔެވެ؟
އާނ އެކެވެ.
ހަމަ އެކަނި ތިބާއަށް ޓަކައެވެ.
އެހެނަސް ތިބާ ތިކުރަނީ އަހަރެންނަށް މަލާމާތް ނޫންހެއްޔެވެ؟
އާނ އެކެވެ.
ތިބާގެ ހެޔޮހާލުގައި އާއި އެ ނޫންއިރުއެވެ.
ތިބާއަށް އެނގިގެންނާއި ނޭނގިއެވެ.
ތިބާ ބުނެގެންނާއި އަމިއްލައަށް ފެނިގެންނެވެ.
ތިބާއަށްޓަކައި ކަމެއްކޮށްދޭށޭ ނުބުނަމޭ، ތިބާ ބުނެދާނެއެވެ.
ތިބާއަށްޓަކައި އަހަރެންގެ އުފަލެއް ދޫކޮށްލަން ނުބުނާވާހަކަ ތިބާބުނެދާނެއެވެ
ނޫނެކެވެ.
ތިބާ ނުބުނާނަމަ އެކަންތައްތައް ބަލައިގަތީ ކީއްވެހެއްޔެވެ؟
ތިބާއަށް އެކަންތައްތަކުގެ ސަބަބުން އުފަލެއްނުލިބެނީ ހެއްޔެވެ؟
ތިބާއަށް އެކަންތައްތަކުގެ ސަބަބުން ފަސޭހައެއްވެސް ނުވަނީހެއްޔެވެ؟
ތިބާއަށް ލިބުނު އެންމެ ފަސޭހައެއް ނުލިބުނުނަމަ ދެންވެސް ހަމަ ތިބާ ތިބާގެ ގޮތުގައި ވީސްހެއްޔެވެ؟
އާނ އެކެވެ.
ތިބާއަހަރެންނަށް މަޖުބޫރުކުރީއެވެ.
މަޖުބޫރުކުރީއެވެ
އަހަރެން ތިބާގެ ފަރާތަކުން އަގަކަށް ނޭދެމެވެ.
ޝުކުރަކަށްވެސް ނޭދެމެވެ.
ތިބާ ނުވެސް ދެއެވެ.
ތިބާ ފުރިހަމަ ގޮތުގައި ނުވެސް ވެއެވެ.
ޝަކުވާއެއްނުކުރަމެވެ.
އެއް ގޮތަކަށްވެސް ނުކުރަމެވެ.
އެކަމަކު ތިބާ އަހަރެން ރޮއްވައިލައިފީމެވެ.
އަހަރެންގެ އެހީތެރިމަކުގެ އަތުގައި ދަތް އަޅައިފީމެވެ.
އަހަރެންގެ ގައިގައި ކޮޅުފައިން ޖަހައިފީމެވެ.
އަރަރެން ތިބާގެ ފައިދަށަށްލައި ޗިސް ޗިސްކޮށް ލައިފީމު ނޫންހެއްވެ؟
އަހަރެން އަގެއްނެތް ކުނިގަނޑަކަށް ހަދައިފީމު ނޫންހެއްޔެވެ؟
އަހަރެން ތިބާގެ ތަޢުރީފަކަށް ބޭނުންވެގެން ނުވަމުއެވެ.
ޝަކުވާއެއްނުކުރަމެވެ.
އެކަމަކު....
ތިބާގެ ކައިރިން ތިބާގެ އެންމެ އުފަލެއް ޤުރުބާން ކުރުމަށް އެދުނު ހިދެވެ،
އެއީ ތިބާއަށް ގެއްލުންވާނެ ކަމުގައި ނުވެއެވެ.
ތިބާ އަހަރެންގެ އެންމެ އެދުމެއްގެ މައްޗައް އެންހެން ބައެއްގެ އެދުން އިސްކުރި ހިނދުގައެވެ.
އެއީ އެއެދުމަށް ވުރެ އަހަރެންގެ އެދުން ތިބާއަށް ފައިދާވެސް ބޮޑު ހިނދުއެވެ.
އެއީ އެއެދުން އެދުނު މީހުން ތިބާއަށް ނުކޮށްދެވުނު އެތަށް ކަމެއް އަހުރެންނަށް، ތިބާގެ މައްޗައްކޮށް ދެވިފައިވަނިކޮށެވެ.
ތިބާ އެކަމަށް ވިސްނުން ބެހެއްޓިނަމަތާއެވެ.
ތިބާގެ ވިސްނުންހުރީ ހަމައެކަނި ތިބާގެ އުފަލަށްތާއެވެ.
ތިބާގެ ވިސްނުންހުރީ އެމީހުންގެ އުފަލަށްޓަކައި ޤުރުބާން ވުމަށް ތާއެވެ.
އެ ޤުރުބާންވުން ތިބާގެ ނަފްސަށް ހުތުރުވެގެންވާހާލުވެސް މެއެވެ.
އެ ޤުރުބާންވުމުގެ ސަބަބުން ވާރެޔާ ފޯކުކަމުގައި ވެސްމެއެވެ.
އެ ޤުރުބާންވުމުގެ ސަބަބުން ތިބާއަށް ލަދުގަންނަން ޖެހުނުކަމުގައިވެސް މެއެވެ.
އެ ޤުރުބާންވުމުގެ ސަބަބުން ތިބާގެ އިއްފަތުން ބަޔެއްއުނިވިކަމުގައި ވެސްމެއެވެ.
ތިބާއަށް އެއަށްވުރެ މޮޅު ޤުރުބާންވުރެން އަހަރެން ހުށައަޅާފައި ވަނިކޮށްވެސްމެއެވެ.
އެ ޤުރުބާންވުމުގައި ތިބާއަށްވާ ފައިދާތަށްވެސް އެނގިވަނިކޮށެވެ.
ތިބާ އަހަރެންނަށް އިޙްތިމްކުރާކަމުގައި ބުނާހާލުގައިވެސްމެއެވެ.
ތިބާ ބޫނީމުނޫންހެއްޔެވެ؟
"
ކުރިން އެދޭމީހަކަށް ފުރުޞަތު ލިބޭނީ ކުރިންނެވެ"
ތިބާ ބުނީމުހެއްޔެވެ؟
"
ރާވާފައިވާ ރޭވުމެއްއޮށްވައި އަނެއްކާ އެހެން ކަމެއް އިސްނުކުރެވޭނެއެވެ"
އެހެން ބުނީކޮން އިރަކުހެއްޔެވެ؟
އެއީވެސް އަހަރެން ކަމަކު އެދުމުންނެވެ.
ޝަކުވާކުރީމުހެއްޔެވެ؟
ޔަގީނުންވެސް ނުކުރަމެވެ.
މި ފަހަރު ކިހިނެތް ވީހެއްޔެވެ؟
މިހާރު އެގޮތަށް އަމަލު ނުކުރަނީހެއްޔެވެ؟
އަހަރެން މާކުރިން އެކަމަށް ނޭދެންހެއްޔެވެ؟
މާކުރިންނެވެ.
ތިބާއެއްބަސް ވެސްވިއެވެ.
އެހެނެއްކަމަކު ދެންތިބާ ބުނީ ކީކޭކަމަށް ހެއްޔެވެ؟
ތިބާ ބުނީ ނޭދޭކަމުގައި އެވެ.
މާލަހުން އެދުނުކަމުގައިއެވެ.
އެއީ ތިބާދައްކާ އުޒުރެކެވެ.
ތިބާ ހަނދާންހުރިނޫންހެއްޔެވެ؟
އަހަރެންއެދުނުކަން ތިބާ ރަގަޅަށް ހަނދާންހުއްޓެވެ.
ތިބާ އަހަރެންނަށްޓަކައި ތިބާގެ އެންމެ އުފަލެއް ޤުރުބާންކުރަން ބޭނުންނުވީއެވެ.
އެންމެ އުފަލެކެވެ.
އެ އުފަލެއް އަހަރުގެ ދެކޮޅު، ﷲގެ އިރާދަފުޅުން، ތަޤުރާރުވާ ހިނދުގައިވެސްވެއެވެ.
ތިބާއަށް އަހަރެންކޮށްދިނީ ހައްތާ ބޭކާރު ކަންތައްކަމުގައި ތިބާ ހެދީއެވެ؟
އަހަރެނީ ތިބާއަށްޓަކައި ބޭކާރު މީހެއްކަމުގައި ހެދީއެވެ؟
ނުހަދަމޭ ނުބުނާށެވެ.
ތިބާ އަމަލުކުރީ އެގޮތަށެވެ.
ހިތުގައިއޮތްއެއްޗެއް ނޫނީ އަމަލުން ފެނުންދުރެވެ.
ތިބާއާއި ތިބާގެ ވިސްނުމާއިއެވެ.
އަހަރެންގެ ޝަކުވާއެއްނެތެވެ.
މިއީވެސް ތިބާއަށްޓަކައެވެ.
ތިބާވިސްނާލުމަށެވެ.
ތިބާ ވިސްލުމަކަށް އަހަރެން ނޭދެމެވެ.
އަހަރެން އެދޭހިތެއްނެތެވެ.
ތިބާ އެކަން ނުކޮށްފާނެތީއެވެ.
ތިބާ މާފަށް އެދެން ހީވެސްނުކުރާށެވެ.
ތިބާ އެދޭ މާފަކީ އަރަރެންނަށް ހައްޤު އެއްޗަކަށް ނުވެދާނެއެވެ.
ނޫނީ އަހަރެން ތިބާއަށް މާފުކުރުމަށް އުޒުރުވެރިވެވިދާނެއެވެ.
ތިބާ މިހާރު މިލިޔުމުގެ މަތީބައި ހަނދާން ނެތިއްޖެނޫން ހެއްޔެވެ؟
ތިބާ މިއާއިމެދު ވިސްނާލަން ހިޔާލުވެސް ނުކުރާހިނދު ތި ކީ ކީއްކުރަން ހެއްޔެވެ؟
ތިބާ ތިހެނީ އަހަރެން މިލިޔުނީމަނޫން ހެއްޔެވެ؟
އަހަރެން މިލިޔާނެކަމަށް ތިބާ ހީވެސްނުކުރާހިނދުގައިއެވެ؟
ތިބާ ހީކުރީ ތިބާ ހެދިހާގޮތެއް ހެދިގެން ހުންނާނޭކަމަށް ހެއްޔެވެ؟
ތިބާ ބުނާނެއެވެ
"
އަހަރެންނަށް ކަލޭ ނެތަސް އެންމެ ރަގަޅެވެ"
ނުބުނާނަންހެއްޔެވެ؟
ތިބާކަންތިކުރިގޮތުގެ ނަތީޖާއަކީ ކޮބާހެއްޔެވެ؟
ތިބާއާއި ވަކިވުން ހެއްޔެވެ؟
ތިބާއަށް ނަފްރަތުކުރުންހެއްޔެވެ؟
ތިބާއަށް ގަދަރުކުޑަކުރުން ހެއްޔެވެ؟
ނޫނެކެވެ.
މިކަމުން އެގުނީ އެންމެ އެއްޗެކެވެ.
ތިބާ އަހަރެންކޮށްދިން އެއްވެސްކަމެއް ބަލައިނުގަންނަކަމެވެ.
ތިބާއަށް ކިތަންމެ ހެޔޮވީކަމުގައި ވިއަސް، ތިބާ އެކަން އެގޮތުގައި ނުދެކޭނެކަމެވެ.
ތިބާ އަބަދުވެސް ދާނީ ތިބާގެ އުފާ ހޯދުމަށްޓަކައި ކަމެވެ.
އެހެންމީހަކަށް އުފަލެއް ހޯދައިދީގެން، ލިބޭ ހިތްހަމަ ޖެހުމާއި، އުފާ ތިބާބޭނުންނުވާ ކަމެވެ.
މިއީ އަހަރެންގެ ބަހެވެ.
އަހަރެން މިބަސް އިއްވައިފިކަމަށް ތިބާހެކިވާށެވެ.
ތިބާއަށް އަސަރެއްނުކުރި ނަމެސްމެއެވެ.