Skip to main content

ހަތެއް ފެބުރުއަރީގެ ރައީސް އިސްތިޢުފާގެ ތެރެއިން ފޮރުވިފައިވާ ބައެއްކަންކަން


ލިޔުނީ: ދެއްވަދޫ ޝެއިޙު
މަޖުބޫރުކުރުވި އަންނިގެ އިސްތިޢުފާގެ ފޮރުވިފައިވާ ސިއްރުތަކުގެ ތެރެއިން މިހާރު ފޮޓޯތަކުން ފެންނަށް ހުރި ބައެއް ފޮޓޯތަކުގެ ޚުލާޞާ އަޅުގަޑު މިތަނުގައި ލިޔެލާނަމެވެ.
(1) ރައީސް ނަޝީދުގެ އަނބިކަބަލުން ލައިލާ ޢަލީގެ މޭމަތިން ހެދުމުގެތެރެއަށް ސިފައިންގެ ބާޣީއަކު އަތްވައްދާލަނިކޮށް ނަގާފައިވާ ވީޑިއޯއަކާއި ފޮޓޯއެެއް އިންކުއަރީ ކޮމިޝަނަށްވަނީ ލިބިފައި!
(2) ރައީސް ނަޝީދުގެ ހަގު ދަރިކަލުން ބޮލުގެ އިސްތަށިގަޑުގައި ސިފައިންގެ ބާޣީއަކު ހިފާ ހިއްލާލައިފައިވާ މަންޒަރާއި ވީޑިއޯ ދައްކާދޭ ފޮޓޯއެއް ކޯނީއަށް ވަނީ ލިބިފައި.
(3) ރައީސް ނަޝީދު އިސްތިޢުފާ ދެއްވުމަށްފަހު، މުޅިއާގެއަށް ވަޑައިގަތުމުން ، ރައީސް ނަޝީދުއަށް އަނިޔާކޮށް ދުވަސް ދުއްވާލުމުގެ ނިޔަތުގައި ޢަބުދުﷲ ރިޔާޒު މުޅީއާގެތެރޭގައި ރައީސް ނަޝީދު އުޅުއްވަނިކޮށް އަތްދަމާފަ ރައީސް ނަޝީދުގެ ކަންކަށިމަތީގައި ޖެހުމުން ރައީސްނަޝީދު ވެއްޓިވަޑައިގެންނެވި ވީޑިއޯއާއި، ފޮޓޯވަނީ އެންކުއަރީ ކޮމިޝަނަށް ހުށައޅާފައި!
(4) ބާޣީ ނާޒިމްމެންގޭގައި ފުލުހުންގެ އިސްވެރިންނާއި އެކު ބޭއްވި ބައްދލުވުންތަކުގެ ޢޮޑިއޯ އަދި ވީޑިއޯ ތައްވަނީ ކޯނީއަށް ހުށައަޅާފައި!
(5) ބުރުމާ ޤާިސްމްމެންގޭގައި ޢަބުދﷲ ރިޔާޒުއާއި ޤާސިމް ބޭއްވި ބައްދަލުވުންތަކުގެ އޯޑިއޯ އަދި ވީޑިއޯ ތައްވަނީ ކޯނީއަށް ހުށައަޅާފައި!
(6) ކުރީގެ ޑިފެންސް މިނިސްޓަރ ޠޮލްޙަތާއި ޗަންޕާ އުއްޗު އާއި ދެމެދުގައި ހިނގާފައިވާ ފައިސާގެ މުޢާމަލާތްތައްވެސް ވަނީ ކޯނީއަށް ހުށއަޅާފައި!
(7) ކޯސްޓްގާޑުގެ ވެރިއެއް ކަމުގައިވާ މުޙާއްމަދު އިބްރާހީމް (ކުރެންދޫ އެމް.އައި) ގެ ރޭވުމުގެ ދަށުން 7 ފެބުރުއަރީގައި ކޯސްޓްގާޑުން ހަތިޔާރު ބޭލިކަމުގެ ހެކިތައްވަނީ ކޯނީއަށް ހުށައަޅާފައި! މި ބަޣާވާތުގައި މި ކުރެންދޫ ޢާއިލާގެ އެމްއެޗްވެސް ފުރިހަމައަަށް ވަނީ ބައިވެރިވެފައިކަމުގެ ހެކިތައްދަނީ މިހާރު އެއްކުރަމުން.
(8) ޒަކަރިއްޔާ މަންސޫރު(ކޯށްގާދުގެ ވެރިޔާ) ބާޣީ ނާޒިމްގޭގައި ބޭއްވިބައްދަލުވުންތަކުގެ ހެކިތައްވަނީ ކޯނީއަށް ހުށައަޅާފައި!
(9) ޕެރަޑައިސް އައިލެންޑް ރިސޯޓުން 2 ފޮށީގެ ރާފުޅިތައް ގެނެސް މުލީއާގެއަށް ވެއްދިކަމުގެ ހެކިތަކާއި، ކުރިބަޔަކާއި، ޕެރަޑައިސުން އެތަކެތި ދޫކުރި މީހުންގެ ބަޔާންތައްވަނީ ކޯނީއަށް ހުށައަޅާފަ. މި މީހާ މިހާރުވަނީ ޕެރަޑައިސުން އަމިއްލައަށް ވަޒީފާއިން ވަކިވެފައި!
(10) މި ރާފުޅިތައް ވައްދާފަ ބާޣީން ބޭނުންވީ އެރޭ ރައީސް ނަޝީދު ދަންޖައްސާ މަރާލާ އަދި ކަރަށް ރާއަޅާފަ ޢާއްމުންނަށް ދައްކަން.. އެކަން ނުކުރެވުނީ އެތަނުގައި ތިބި އިންސާފަށް ލޯބިކުރި މަދު ސިފައިންގެ ސަބަބުން. މިކަމުގެ ހެކިތައްވަނީ މިހާރު ކޯނީއަށް ހުށައަޅަފައި!
(11) މުލީއާގެއަށް މި ރާފުޅިތައް ވައްދާފަ މިތަކެތި ރައީސް ނަޝީދުގެ ކުރިމަތީގައި އޭނާ ބަދުނާމުވާގޮތަށް ރާފުޅިތައް ދައްކަމުން ސުވާލުތައް ކުރުވަމުން ވީޑިއޯކޮށް ، މި ވީޑިއޯތައް ރިޔާސީ އިންތިކާބާއި ދިމާކޮށް މީޑިއާގައި ދައްކާގޮތަށް ބާޣީން ރާވާފައިވާ ކަން އެނގުމުން އެރޭވުން އެހެން ގޮތަކަށް ބަދަލުކުރަން ނިންމާފައިވާ ކަން ރައީސް ނަޝީދަށް އެނގިފައިވުން.
(12) ބާޣީ ނާޒިމްގެ ބައްޕަ ޙިއްސާއޮންނަ ކުންފުނި ރަޝީދު ކާޕެންޓްރީ އޮފީހުގައި ހުންނަ ނާޒިމްގެ މޭޒުމަތީގައި ފޫޓެއްގެ އުސްމިނަށް 500 ގެ ނޫޓް އެތައްސަތޭކަ ބޮންޑެލި ހުރިކަމުގެ ފޮޓޯ ވަނީ އެމް.ޑީ.ޕީ މީހުންނަށް ލިބިފައި!
މަތީގައި މިވަނީ ވަރަށްމަދު ހެކިތަކެވެ

Comments

Popular posts from this blog

ލިޔުން ފަރިތަ ކޮއްލުމެއް

  ވިއްސާރަ ވެހި ވެހިފަ ކުއްލިޔަކަށް އިރުގެ އަލިކަން  ލިބުނު  ދުވަހެކެވެ، ޖޫން ޖުލައިގެ ހުޅަނގުގެ މޫސުން ނިމުމަކަށް ގޮސް އޮގަސްޓް މަހަށް ހަނދުބަލާ މިއަދު އެމަހުން 8 ކެވެ، އާދައިގެން މަތިން ހެނދުނު ހެނދުނާ ފަށަން ޖެހޭ ވަޒީފާ އެއްގަ އުޅޭތީ 6 ޖެހި އިރަށް ތެދުވެ ރެޑީވެގެން ކެފެޓީރިޔާ އާ ދިމާލަށް ނާސްތާ ނަގަން ހިނގައި ގަތީމެވެ، މޫސުމީ އުނދަގޫ ފަސޭހަ ވުމުގެ ސަބަބުން ހިނިތުންވެލާ ކުދިންނެއްވެސް މަދެންނޫނެވެ، ފެންނަހާ މީހަކަށް ބާއްޖަވެރި ހެނދުނަކަށް އެދެމުން ގޮސް ކެންޓީން ވަދެ ސައި ބުއީމެވެ، ނިމިގެން އާދަކާދައިގެ ތެރެއިން ސިގިރޭޓް ރޯކޮއްލީމެވެ، އަގު ބޮޑު އެއަޗެކެވެ، ހައްޓައް ނުރައްކާ ވަބާއެކެވެ، ބަލާއެކެވެ، ދެވި ހިފާ އެއްޗެކެވެ، ކުރަން ހެޔް ނުވާވަރުގެ ކަމަކަށް ވިޔަސް އެބަ ކުރެވެއެވެ، ހުއްޓާލަން ވެސް ހިތަކަށް ނާރުވަމެވެ، އަހަރެން ކުރާނެ މާބޮޑު ހަރަދު ތަކެއް ނުހުރެ އެވެ، ޅަ ނޫނަސް އަންބަކު ދަރިއަކު ނުހުރެ އެވެ، އެހެން ކަމުން ސަމާލް ކަމެއް ނުދީ ކުރެވޭ ގޯހެކެވެ، ނަމަވެސް އަޅުގަނޑަކީ ގޯސް މީހެއް ނޫނެވެ، ހަޔާތުގެ ދުވަސް ތައް އެކަނި ގުނަމުން ގެންދާ 33 އަހަރުގެ ފިރިހެނަކީމެވެ، ހަޔާތުގަ ކައި

Coinbase

Hi - I've been using Coinbase which makes it really easy and safe to buy, sell, and store digital currency (like Bitcoin). Sign up now and get $10 of free Bitcoin when you buy or sell at least $100 of digital currency. Claim your invite now: https://www.coinbase.com/join/mahmoo_xi9?src=android-share Let me know if you need help, Abdul Ghanee Mahmood