Thursday, January 24, 2013

Sometimes There Are Simply No Words.


އޭނާގެ ސުވާލަށް އަހަރެން ދިން ޖަވާބު

އޭނާ އެހި އެވެ.
ޖިންސްލަޠީފެއްގެ ކިބައިގައިވާނެ އެންމެ ރީތި ސިފައަކީ ކޮބައިހެއްޔެވެ؟
އަހަރެން ބުނީމެވެ.
އޯގާވެރިކަމެވެ.

އޭނާ އެހި އެވެ.
ފިރިހެނެއްގެ ކިބައިގައިވާނެ އެންމެ ރީތި ސިފައަކީ ކޮބައިހެއްޔެވެ؟

އަހަރެން ބުނީމެވެ.
ރަޙުމުކުރުމެވެ.

އޭނާ އެހި އެވެ.
ކުޑަ ކުއްޖެއްގެ ކިބައިގައިވާނެ އެންމެ ރީތި ސިފައަކީ ކޮބައިހެއްޔެވެ؟

އަހަރެން ބުނީމެވެ.
މަޢުޞޫމުކަމެވެ.

އޭނާ އެހި އެވެ.
މުސްކުޅިއެއްގެ ކިބައިގައިވާނެ އެންމެ ރީތި ސިފައަކީ ކޮބައިހެއްޔެވެ؟

އަހަރެން ބުނީމެވެ.
ތަޤުވާވެރިކަމެވެ.

އޭނާ އެހި އެވެ.
ހަރުމީހެއްގެ ކިބައިގައިވާނެ އެންމެ ރީތި ސިފައަކީ ކޮބައިހެއްޔެވެ؟

އަހަރެން ބުނީމެވެ.
ޙިކުމަތްތެރިކަމެވެ.

އޭނާ އެހި އެވެ.
ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖައަކީ ކޮބައިހެއްޔެވެ؟

އަހަރެން ބުނީމެވެ.
ހެޔޮ ޙާލުގައި ހުރެ، ކެތްތެރިވުމެވެ.

އޭނާ އެހި އެވެ.
"
ހިތް ރުހުން" ނުވަތަ ޤަނާޢަތްތެރިކަމުގެ ދަރަޖަތަކެއް ވޭ ހެއްޔެވެ؟

އަހަރެން ބުނީމެވެ.
އެއީ، ފުދުމުގެ ޤަނާޢަތްތެރިކަމާއި، ކެތްތެރިކަމުގެ ޤަނާޢަތްތެރިކަމާއި، ޒާހިދުކަމުގެ ޤަނާޢަތްތެރިކަމެވެ. މީގެ ތެރެއިން އެންމެ މަތީ ދަރަޖައަކީ، ޒާހިދުކަމުގެ ޤަނާޢަތްތެރިކަމެވެ.

އޭނާ އެހި އެވެ.
އޯގާވެރިކަމުގެ މާނައަކީ ކޮބައިހެއްޔެވެ؟

އަހަރެން ބުނީމެވެ.
އޯގާވެރިކަމަކީ، ދިގު ދަތުރެއްކޮށްފައި ވަރުބަލިވެގެން އަންނަ މީހަކު، އައްސޭރިއެއްގައި އަރާމުކޮށްލަން މަޑުކޮށްލާއިރު، ބިރެއް، ދުއްތުރާލެއް ކުރިމަތި ނުކޮށް އޭނާގެ ވަރުބަލިކަން ފިލުވައިލަދޭނެ ދާނެކެވެ.

އޭނާ އެހި އެވެ.
ލޯބީގެ އެންމެ މަތީ ދަރަޖައަކީ ކޮބައިހެއްޔެވެ؟

އަހަރެން ބުނީމެވެ.
މައިވަންތަކަމުގެ ލޯތްބެވެ.

އޭނާ އެހި އެވެ.
އަޚުލާޤުގެ އެންމެ މަތީ ދަރަޖައަކީ ކޮބައިހެއްޔެވެ؟

އަހަރެން ބުނީމެވެ.
އެއީ، އިންސާނާ އޭނާގެ ނަފުސުން، ނޭދެވޭ ކުދިކުދި ސިފަތަކަށް ދާންދެން ފިލުވައިލުމެވެ. ރިވެތި އަޚުލާޤުގެ ވެރިޔާ އެކަންކުރާނީ، އެއްވެސް ފަރާތެއްދެކެ ބިރަކުންނެއް ނޫނެވެ. އެކަމަކު، އޭނާގެ އަމިއްލަ ނަފުސު މަތިވެރިކުރުމަށްޓަކަ އެވެ.

އޭނާ އެހި އެވެ.
މަޢާފުކުރުމާއި ދޫދިނުމާ ދެކަމުންކުރެ ދަރަޖަ މަތިވެރިވެގެންވަނީ ކޮން ކަމެއް ހެއްޔެވެ؟

އަހަރެން ބުނީމެވެ.
މަޢާފުކުރުމުގެ ދަރަޖަ މާ މަތިވެރި އެވެ. އެހެނީ، ބަދަލު ހިފުމުގެ ކުޅަދާނަކަން ލިބިފައިވުމާއެކު ވެސް މަޢާފުކުރެވިދާނެ އެވެ. އެކަމަކު ދޫދޭނީ، މަޞްލަޙަތެއް އޮވެގެންނެވެ. ނުވަތަ ބަލިކަށި ހާލަތެއްގަ އެވެ. ނުވަތަ މަޖުބޫރީ ޙާލަތެއްގަ އެވެ.