ހަނދާން ތައް ދޮގު ނުވާނަމަ ނާހިދާ އަކީ އެއް ކިލާސް އެއްގަ ފަށާ ތައުލީމް ފަށައިގަން ބައިވެރިއެއް އަދި އެއީ އެއިރުގަ ވަރަށް ވެސް ގާތް އެކުވެރި އެކެވެ. ހަނދާނުން ނުފޮހެވޭނެ ނަމެކެވެ. އުޅެމުން އައީ ވަރަށްވެސް ގާތް ކޮށެވެ. އެއީ އުމުރުގެ 6,7,8 މިދުވަސް ވަރެވެ، ނުވަތަ ގްރޭޑް 1,2,3 އެވެ. އުޅެމުން އައީ ހަތަރު ރަހްމަށްތެރިން އެއްކޮށެވެ. އެއީ އަޅުގަނޑުގެ ބައްޕަގެ ކޮއްކޮ މުފީދާ އަޅުގަނޑުގެ ބޮޑުދައިތަ ނުވަތަ ރަށުން ބަހުން ނަމަ ބައްޕެއްތާގެ ދަރި ތޮއްޔިބާ އެއްކޮށެވެ. އެދުވަސްވަރުގެ އަޅުގަނޑުގެ ބެސްޓް ފުރެންޑެވެ. ދެން ރީނާ އަދި ނާހިދާ އެއްކޮށެވެ. ރަށުގެ އެހެން މީހުން ނޫޅޭހާ ގާތްކޮށް އުޅުމުގެ ނަތީޖާ އަކައްވީ މުޅި ރަށުގެ ތެރޭގަ އެންމެންވެސް ދައްކާ ވާހަކަ އަކައްވެއްޖެއެވެ.
ވިއްސާރަ ވެހި ވެހިފަ ކުއްލިޔަކަށް އިރުގެ އަލިކަން ލިބުނު ދުވަހެކެވެ، ޖޫން ޖުލައިގެ ހުޅަނގުގެ މޫސުން ނިމުމަކަށް ގޮސް އޮގަސްޓް މަހަށް ހަނދުބަލާ މިއަދު އެމަހުން 8 ކެވެ، އާދައިގެން މަތިން ހެނދުނު ހެނދުނާ ފަށަން ޖެހޭ ވަޒީފާ އެއްގަ އުޅޭތީ 6 ޖެހި އިރަށް ތެދުވެ ރެޑީވެގެން ކެފެޓީރިޔާ އާ ދިމާލަށް ނާސްތާ ނަގަން ހިނގައި ގަތީމެވެ، މޫސުމީ އުނދަގޫ ފަސޭހަ ވުމުގެ ސަބަބުން ހިނިތުންވެލާ ކުދިންނެއްވެސް މަދެންނޫނެވެ، ފެންނަހާ މީހަކަށް ބާއްޖަވެރި ހެނދުނަކަށް އެދެމުން ގޮސް ކެންޓީން ވަދެ ސައި ބުއީމެވެ، ނިމިގެން އާދަކާދައިގެ ތެރެއިން ސިގިރޭޓް ރޯކޮއްލީމެވެ، އަގު ބޮޑު އެއަޗެކެވެ، ހައްޓައް ނުރައްކާ ވަބާއެކެވެ، ބަލާއެކެވެ، ދެވި ހިފާ އެއްޗެކެވެ، ކުރަން ހެޔް ނުވާވަރުގެ ކަމަކަށް ވިޔަސް އެބަ ކުރެވެއެވެ، ހުއްޓާލަން ވެސް ހިތަކަށް ނާރުވަމެވެ، އަހަރެން ކުރާނެ މާބޮޑު ހަރަދު ތަކެއް ނުހުރެ އެވެ، ޅަ ނޫނަސް އަންބަކު ދަރިއަކު ނުހުރެ އެވެ، އެހެން ކަމުން ސަމާލް ކަމެއް ނުދީ ކުރެވޭ ގޯހެކެވެ، ނަމަވެސް އަޅުގަނޑަކީ ގޯސް މީހެއް ނޫނެވެ، ހަޔާތުގެ ދުވަސް ތައް އެކަނި ގުނަމުން ގެންދާ 33 އަހަރުގެ ފިރިހެނަކީމެވެ، ހަޔާތުގަ ކައި
Comments
Post a Comment