Tuesday, February 28, 2012

ހަމަ އެންމެ 7 ކަންތަށް



1. ސިފައިންނާއި ފުލުހުން ލައްވާ ބަޣާވާތް ކޮށްގެން ވެރިކަން ބަދަލުކޮށްލުން.


2. އަމިއްލަ ފުރާނައަށް ނުރައްކާވާނެކަމަށާއި ގައުމުގައި ބޮޑު ލޭ އޮހޮރުމަކަށް ދާނެކަމަށް ބުނެ ބިރުދައްކައިގެން ރައީސް ނަޝީދު ލައްވާ އިސްތިއުފާ ދިނުން.


3. އިސްތިއުފާގެ ސިޓީ ރައްޔިތުންގެ މަޖުލީހަށް ގެންގޮސްފައި ވަނީ އެކަމާއި ނުގުޅޭ ފަރާތަކުން ރައީސް ނަޝީދު އެ ސިޓީ ނުފޮނުވަނީސް ގަދަކަމުން ފޭރިގަނެގެން.


4. ޑރ. ވަހީދު ރައީސްކަމުގެ ހުވާ ކުރެއްވީ ގާނޫނު އަސާސީގައި ބުނާ ރައްޔިތުންގެ މަޖުލީހުގެ ޖަލްސާއެއްގައި ނޫންކަމަށް ވުން.


5. ޑރ. ވަހީދުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ކަމާނުގުޅޭ މީހަކު (ޑރ.ވަހީދުގެ އަނބިކަނަބލުން) ބައިވެރިކުރެއްވުން.


6. ރައީސްކަމުގެ ހުވާ ގާނޫނުގައި ބުނެފައިވާ ގޮތަށް ފުރިހަމައަށް ޑރ. ވަޙީދު ކިޔާފައި ނުވުން- ސައްހަ ހުވެއެއް ނޫން. ޑރ. ވަހީދުގެ ނަން ކިޔަން ޖެހޭ ތަން ދޫކޮށްލާފައިވުން.


7. އެމްޑީޕީއަށް ދިވެހި ރައްޔިތުން ވެރިކަން ކުރުމަށް ވޯޓްދިން 5 އަހަރުގެ ތެރޭގައި އެހެން އެމްޑީޕީން ނޭދޭ އިދިކޮޅު ފަރާތްތައް ކެބިނެޓްގައި ހިމަނައި އެމްޑީޕީގެ މެމްބަރުން ސަރުކާރު ހިންގުމާއި ދުރުކުރުން