ގާނޫނާއި ޚިލާފު އަމުރުކުރުން ، މީ ބުނެލަން ދުލައްފަސޭހަ ޖުމްލައެކެވެ. އެހެންނަމަވެސް ޑިފައިން ކޮއްދޭން އުދަގުޖުމްލައެކެވެ. ރައީސް ނަޝީދު ވެރިކަމައްވަޑައިގަތުން ނުވަތަ ރައްޔަތުން އެމަނިކުފާނު ވެރިކަމަށް ގެނައުން މީ ކުރިން މިރާއްޖޭގައި ވެރިކަން ކުރި މީހުންނަށް ގަބޫލުކުރަން އުދަގޫވި ކަމެކެވެ. ވެރިކަންފެށުމާއިއެކު ގާނޫނު އަސާސިގައި ބުނާ މިނިވަން މުއައްސަސާ ތަށް ކޯލިޝަނެއްހަދައިގެން ކަހަލަގޮތަކަށް ސަރުކަރާއި ދެކޮލަށް މަސައްކަތް ފެށި ތަންފެނުނެވެ. ފުރަތަމަ ޖުޑީޝަރީ އެވެ. ރާއްޖޭގެ އެއްވެސް ކޯޓެއްގެ ފަޑިޔާރަކީ ރާއްޖޭގެ ތާރީޚުގައިވެސް ދައުލަތާ ދެކޮޅަށް ނުވަތަ ސީދާ ސަރުކާރާ ދެކޮލަށް ނުވަތަ ސަރުކާރު ބަލިވާގޮތަށް ހުކުމެށް މީގެ ކުރިން ނެރުނުބޭފުޅެއްނެތެވެ. ނަޝީދުގެ ވެރިކަން ފެށުމާއިއެކު ހަމަ ކޮންމެ ފަޑިޔާރެއްގެވެސް އެއްމެ ބޮޑު ބޭނުމަކަށްވީ އެބޭފުޅެއްގެ ޝަރިއަތް ކުރުމުގެ ރެކޯޑަށް ސަރުކާރާއި ދެކޮޅު ހުކުމެއްނެރުމެވެ. އިންތިގާލީ މަރުހަލާ ނިމެމުން ދަނިކޮއް ގާނޫނީ ބޭފުޅުންނަށް ކުއްލި ސިހުމެއް ލިބުނީ ސްޕްރީމް ކޯޓުގެ ބެންޗުން ތިމަންމެން މިތިބީ ދާއިމީ ވެފައޭ ބުނިހިސާބުންނެވެ. ގާނޫނު އަސާސީގައި ގާނޫނުގެ ބެލެނިވެރިއަކީ ސްޕްރީމް ކޯޓުކަމުގައި މާނަކުރެވެއެވެ. އަދި އެއީ ޝަރުއީ މަރުހަލާގެ އެންމެ ފަހުބަސްބުނާތަނެވެ. އެހެންކަމުން މިބުނުމަކީ ސަރުކާރު ކުހިއަރުވާލި ބުނުމަކަށްވެގެންދިއައެވެ. ހަދާނެ ނަހަދާނެ ގޮތް ސަރުކާރަށް އޮޅުނެވެ. ގާނޫނު އަސާސީން ކަށަވަރު ކޮއްދީފައިވާ ފަޑިޔާރުގެ ރައްޔަތުންނަށްގެއްލުނީކަމުގައި ސަރުކާރުން ދެކުނެވެ. މުޅި ގައުމު ސިއްސައިގެންދިޔައީ ސިފައިން ނިކުމެ ސުޕްރީމް ކޯޓު ބަންދުކުރުމުންނެވެ. ސަރުކާރުން މިކަން ރައްޔަތުންނަށް ސާފު ކޮއްދޭންވާ މިންވަރަށް ސާފެއްނުކޮއްދެވުނެވެ. ވާދަވެރި ފަރާއްތަކުން އެޑްވާންޓޭޖު ނަގާ މީ ގައިރު ގާނޫނީ ކަމެއްކަމުގައި ރައްޔަތުންނަށް ބުނެދެންފެށިއެވެ. ރާއްޖޭގެ ޕޮޕިއުލޭޝަންގެ ބޮޑުބަޔަކީ ގާނޫނުތަށް ކިޔާބައެއްނޫނެވެ. އެހެންކަމުން ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމަކީ ގިނަ ބަޔަކަށް ގަބޫލުކުރަން ދަތި ކަމަކަށްވިއެވެ. އަބްދުﷲ ޔާމީނާއި ، ގާސިމު އަދި އަބްދުﷲ މުހައްމަދު އެކަހެރިކުރި ކުރުންވެސް ރައްޔަތުންނަށް ސާފު ކޮއްދެވިފައިނެތެވެ. އެހެންނަމަވެސް މީގެއިން ކޮންމެ ފިޔަވަޅަކީ ގައުމައްޓަކައި ސަރުކާރުން އެޅި ފިޔަވަޅުކަން އެގެއެވެ. އެހެންނަމަވެސް ނަޝީދު ސަރުކާރުގައި ބަންޑާރަ ނާއިބުކަން ކުޅަ ތިންބޭފުޅުންނަކީވެސް އެހާ ކުޅަދަނާ ބޭފުޅުންކަމުގައި ނުދެކެމެވެ
ވިއްސާރަ ވެހި ވެހިފަ ކުއްލިޔަކަށް އިރުގެ އަލިކަން ލިބުނު ދުވަހެކެވެ، ޖޫން ޖުލައިގެ ހުޅަނގުގެ މޫސުން ނިމުމަކަށް ގޮސް އޮގަސްޓް މަހަށް ހަނދުބަލާ މިއަދު އެމަހުން 8 ކެވެ، އާދައިގެން މަތިން ހެނދުނު ހެނދުނާ ފަށަން ޖެހޭ ވަޒީފާ އެއްގަ އުޅޭތީ 6 ޖެހި އިރަށް ތެދުވެ ރެޑީވެގެން ކެފެޓީރިޔާ އާ ދިމާލަށް ނާސްތާ ނަގަން ހިނގައި ގަތީމެވެ، މޫސުމީ އުނދަގޫ ފަސޭހަ ވުމުގެ ސަބަބުން ހިނިތުންވެލާ ކުދިންނެއްވެސް މަދެންނޫނެވެ، ފެންނަހާ މީހަކަށް ބާއްޖަވެރި ހެނދުނަކަށް އެދެމުން ގޮސް ކެންޓީން ވަދެ ސައި ބުއީމެވެ، ނިމިގެން އާދަކާދައިގެ ތެރެއިން ސިގިރޭޓް ރޯކޮއްލީމެވެ، އަގު ބޮޑު އެއަޗެކެވެ، ހައްޓައް ނުރައްކާ ވަބާއެކެވެ، ބަލާއެކެވެ، ދެވި ހިފާ އެއްޗެކެވެ، ކުރަން ހެޔް ނުވާވަރުގެ ކަމަކަށް ވިޔަސް އެބަ ކުރެވެއެވެ، ހުއްޓާލަން ވެސް ހިތަކަށް ނާރުވަމެވެ، އަހަރެން ކުރާނެ މާބޮޑު ހަރަދު ތަކެއް ނުހުރެ އެވެ، ޅަ ނޫނަސް އަންބަކު ދަރިއަކު ނުހުރެ އެވެ، އެހެން ކަމުން ސަމާލް ކަމެއް ނުދީ ކުރެވޭ ގޯހެކެވެ، ނަމަވެސް އަޅުގަނޑަކީ ގޯސް މީހެއް ނޫނެވެ، ހަޔާތުގެ ދުވަސް ތައް އެކަނި ގުނަމުން ގެންދާ 33 އަހަރުގެ ފިރިހެނަކީމެވެ، ހަޔާތުގަ ކައި
Comments
Post a Comment